ހައްދުންމަތީ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުއައްޒަފުން 2008 މެއި މަހުގެ މުސާރަ ނުލިބިގެން ކަންބޮޑުވެފައި

boduvagu

ހައްދުންމަތީގެ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ އެންމެހާ މުއައްޒަފުންނަށް މުސާރަ ދިނުމުގެ އެންމެހާ ޒިންމާ އަކާއި މަސްއޫލިއްޔަތު އަދާކުރަމުންދާ ތަނަކީ ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލްއެވެ. މި ހޮސްޕިޓަލްގައި ގާތްގަނޑަކަށް 160 މުއައްޒަފުން މަސައްކަތް ކުރަމުން ދާއިރު އޭގެތެރޭގައި ބިދޭސީންނާއި ދިވެހި މުއައްޒަފުން މަސައްކަތްކުރެއެވެ. އިދާރީ މަސައްކަތް ކުރާނެ ގިނަ މުއައްޒަފުންތަކެއް ތިބުމާއިއެކު ޢާންމު ރައްޔިތުންގެ ލުއި ފަސޭހަޔަށްޓަކައި ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސަސް އިން ހިންގަމުންގެންދާ ގިނަ މަސައްކަތްތައް ޑީސެންޓްރަލައިޒް ކުރުމުގެ ގޮތުން ލ. އަތޮޅުގެ ޞިއްޙީ ދާއިރާގެ އެންމެހާ މަސައްކަތްތައް ޒިންމާދާރުގޮތެއްގައި ކުރުމަށްޓަކައި ޙަޥާލުކޮށްފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ދެއުޅި އެއްނުވާ ރޯނުއެދުރު (ސެންސަރުކޮށްފައި) ޢަލީ ނާޞިރާއެވެ. ތަޢްލީމީގޮތުން އަންހެން ކުޅީގެ ރޮނގުން ޕީ.އެޗް.ޑީ ޙާޞިލްކުރައްވައިގެން ހުންނެވި ރަނގަޅަށް އިނގިރޭސި ބަހުން އަދި ކިއެއްތަ ދިވެހިބަހުން މުޢާމަލާތް ކުރަން ނުދަންނަ މަހާޗޯރުގެ އައުވާނު މި ބޮޑު ވަގު 2008 މެއި މަހުގެ 20 ހިސާބު ރަސްމީ ދަތުރެއްގައި ކަމަށް ހަދައިގެން އަނބި ގޮއްޔެ ގާތަށް ވަނީ މާލެ ގޮސްފައެވެ.
ހައްދުންމައްޗަކީ ޞިއްޙީ ދާއިރާގައި ގާތްގަނޑަކަށް 350 ހެއްހާ މުއައްޒަފުން މަސައްކަތް ކުރަމުންދާ އަތޮޅަކަށްވާއިރު، މި ހުރިހާ މުއައްޒަފުންނަށް ލިބެންވާ މުސާރަ މެއި 2008 ނިމުނުއިރު ލިބިފައި ނުވާކަމީ ކޮޅެތް ނެތްހާ ހިތާމަ ހުރިކަމެކެވެ. ނަމަވެސް މިކަމަކީ އަދި ކުރިޔަށް އޮތް ތަނުގައިވެސް ތަކުރާރު ވަމުންދާނެ މިކަމަށް އެއްވެސް ޙައްލެއް ނެތްކަމެއް ކަމާއި މެދަކު ޝައްކެތްނެތެވެ. ސަބަބަކީ މި ޢަލީ ނާޞިރަކީ ލ. މާބައިދޫ ބަންޑާރާގޭ އިބްރާހީމް ފުޅު ( އިބަ ) ގެ ހުރި ލ. ހުޅިމެންދޫގައި އެސް.ޓީ.އޯ. އިން ތެޔޮވިއްކި ދުވަސްވަރު އެތަނުގައި ތެލުގެ ވަށްކަން ކޮށްގެން ޢާއިލާ މުއްސަނދި ކޮށްދިން ވަގު ދަރި (ސެންސަރުކޮށްފައި) އިލްޔާސްގެ (ސެންސަރުކޮށްފައި) އިބަސުވާ މީންގެ ރަސްކަންފުޅުގެ ކުޑަކަލާންގެ ކަމުގައިވާތީއެވެ.
ރަސްމީ ދަތުރެއްގައި ކަމަށް ހަދައިގެން ސިވިލް ސާރވިސްގެ އެތައް ބަޔެއްގެ ޙައްޤުތަކަށް އަރައިގަނެގެން ނޫން ގޮތަކަށް އަނބި ފިރިކަންކުރެވޭ ކަމަށްވާނަމަ، ޒިންމާ އަދާ ނުކުރެވެނީ ކަމަށް ބަލައި ވަޒީފާއިން ވަކިނުވެ ހުންނަން މި ލުއްޗާއަށް ލަދުގަންނާކަށްވެސް ނޭނގޭތާ ހީކުރާނީ މިކުރެވުނީ ކިހާ މޮޅު ހައިބަތު ބޮޑު އާރާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ކުރި މޮޅުކަމެއްކަމުގައެވެ. ވާނިވެސް އެހެންތާއެވެ. (ސެންސަރުކޮށްފައި) އިލްޔާސް (ސެންސަރުކޮށްފައި) ޙައްޤު ނޫން ގޮތުގައި އެކަށީ ގެން ނުވާވަރުގެ މަޤާމުވަނީ ދީފައެވެ. މިގޮތުން ހެލްތް މިނސްޓަރަކަށް ރަން އަޑުގެ ވެރިޔާ ހުރިއިރު ތަކުރާރުކޮށް 2 ފަހަރުމަތީން ރައީސް އޮފީހުގައި ދަންނަވައިގެން މި (ސެންސަރުކޮށްފައި) ވަނީ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރުކަން ދީފައެވެ. މި (ސެންސަރުކޮށްފައި) އަކީ އެފަދަ މަޤާމަކަށް އައުމަށް އެއްވެސް ގޮތަކަށް ޝަރުތު ހަމަނުވާ މީހަކަށްވާތީ ތަކުރާރުކޮށް ދެ ފަހަރު ދަންނަވައިގެން މަޤާމު ލިބުމުން މި (ސެންސަރުކޮށްފައި) ވަނީ ތިމަންނައަށްވުރެ ރީއްޗަށް ގޮވާ ހިމާރެއް ނެތް ކަމަށް ހެދިގެން އެހެން މީހުން ގައިން ދާ އޮހޮރުވާ ލައިގެން ކޮށްފައިވާ ބުރަމަސައްކަތުން ހޯދާފައިވާ އެންމެ ރަނގަޅަށް ހިންގި ހޮސްޕިޓަލުގެ އިނާމު ގަމު ރީޖަނަލް ހޮސްޕިޓަލްގައި ހުރެގެން (ސެންސަރުކޮށްފައި) މެދުވެރިވެގެން މައްމޫނު އަތުން ފޭރިގަނެފައެވެ. ތަޢްލީމީ ގޮތުން މިހާ ފުންނާބުއުސް އީ.ޕީ.އެސް. ސްކޫލް ގްރޭޑް 9 ން ފާސް ނުވެގެން ޓިއުޝަން ކްލާހަކަށް ދުވަސްކޮޅަކު ދިޔުމަށްފަހު ޖީ.ސީ.އީ. އޯލެވަލް އިމްތިޙާނުން ޔޫ ސެޓް ހޯދާފައިވާ މި ދެއުޅި އެއްނުވާ ދޯދިޔާ ދޯހަޅި ރޯނު އެދުރަކީ (ސެންސަރުކޮށްފައި) ބުނާގޮތުންނަމަ ޒަމާނުގެ ތަޢްލީމު އުނގެނިގެންހުރި ޖީ.ސީ.އީ. އޯލެވަލް ހަދާފައިވާ ރާއްޖޭން ބޭރުން އެކި އެކި ކޯސްތައް ހަދާފައިވާ އަންހެން ކުޅީން އޮނަރަރީ ޑޮކްޓަރޭޓް ކަން ކިޔަވާ ވިދާޅުވެގެން ހުންނެވި ކަފޭރާ އެކެވެ.
މިނިސްޓްރީ އޮފް ހެލްތުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ޓެކްނިކަލް މުއައްޒަފުންނަށް އަމާޒުކޮށްގެން ހަމަޖައްސާފައި ހުންނަ ކުރުމުއްދަތުގެ އެކިއެކި ބައްދަލުވުންތަކާއި ޓްރޭނިން ޕްރޮގްރާމްފަދަ ކުރުމުއްދަތު ( 3 ހަފުތާ ) ގެ ކޯހަކަށް (ސެންސަރުކުރެވިފައި) ތައިލެންޑަށް ފޮނުވުމުން އެއް ހޮޓަލުން (ސެންސަރުކުރެވިފައި) އަނެއް ހޮޓަލުން އަންހެނަކުގޮވައިގެން ވާހަކަ ދައްކަން ނޭނގި ގަނޑަ ތެޅިފައި އައުމުން (ސެންސަރުކުރެވިފައި) މިވަރުގެ ދެބޯގެރިއަކު ނެތެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މިހާރު މިއީ ޑެޕިޔުޓީ ޑިރެކްޓަރަކޯލައެވެ. ނުޙައްޤުން ވަޒީފާގެ ޑަބަލް ޕްރޮމޯޝަން ދީގެން ދިވެހި ސިވިލް ސާރވިސްގެ މަޤާމެއްގައި އެއްގޮތަކަށްވެސް އެމަޤާމުގެ ޝަރުޠު ހަމަނުވާ ގޮތުގައި ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ނުކުރެވޭ މިފަދަ ދަށު ދަރަޖައިގެ ނާޤާބިލް މީހުންނަށް ބޮޑެތި މަޤާމުތައް ދިނުމުން، ދެން ތިބި ސިވިލް ސާވިސްގެ މުއައްޒަފުންގެ ޙާލާއި މެދު ސިވިލް ސާރވިސް އިން ކަނު ލޮލަކުން ބައްލަވައިފިނަމަ ސިވިލް ސާރވިސް ކޮމިޝަނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އެއޮތީ އެންމެ ފުރިހަމަޔަށް އަދާކުރެވިފައެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ ޢިއްޒަތްތެރި ކޮމިޝަނަރ ޑޮކްޓަރ ލަޠީފްއެވެ. މިދެންނެވި ޢަލީ ނާޞިރުގެ ސަބަބުން ލ. އަތޮޅު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުއައްޒަފުންނަށް 2008 ވަނަ އަހަރުގެ މެއި މަހުގެ މުސާރަ އެމަސް ހުސްވެގެން ދިޔައިރުވެސް ލިބޭނެގޮތް މި ނާގާބިލް ޢަލީ ނާޞިރުގެ ސަބަބުން މެދުވެރި ވެފައިވާކަމީ ސިވިލް ސާރވިސްގެ އެތައް ބައިވަރު މުއައްޒަފުން ތަކެއްގެ ޙައްޤަށް އިޙްމާލުވުން ނޫން ކަމުގައި ވާނެތޯއެވެ. އެހެންވީއިރު މިފަދަ އެންމެ މީހެއްގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވާ ޙައްޤުތައް ނުލިބި ދިޔުމުން މަނިކުފާނު މިކަމުގައި ޒިންމާ ދާރުވާންޖެހެއެވެ. މިއީ ކަނޑައެޅި ހާމަކަން ބޮޑުގޮތުގައި ފެންނަން އޮތް ޙަޤީގަތަކަށް ވާއިރު މިކަމުންވެސް އެނގެނީ މި ޢަލީ ނާޞިރަކީ އެފަދަ މަޤާމެއްގައި ހުންނެވުމަށް އެކަށީގެން ނުވާ ޤާބިލް ނޫން މީހެއްކަމެވެ. ވީމާ، މީނާ އަށް ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބައްލަވައި އެމަޤާމުން ދުރުކުރުން ނުވަތަ އޭނާއަށް ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ އޭނާއާއި އެކަށީގެންވާ ދަށުދަރަޖައިގެ މަޤާމަކަށް ޑިމޯޓް ކުރައްވަންވީ ނޫންތޯއެވެ.
ޙައްޤުގެ މައްޗައް ބާޠިލް ގަދަވެގެންވާ މި ސަރުކާރުން ވަކިބައިގަނޑަކަށް މި ޞިއްޙީ ދާއިރާއިން 2008 އޭޕްރިލް މަހުގެ ފަހުކޮޅުގައި ދެއްވާފައިވާ ޑަބަލް ޓްރިޕްލް ޕްރޮމޯޝަން ތަކުގެ ސަބަބުން މިދާއިރާ ބޮއްސުންލައި ގޮސްފައިވާއިރު މައުމޫނަށް (ސެންސަރުކުރެވިފައި)ގެ ބޮޑު (ސެންސަރުކުރެވިފައި) ނޫނީ މިޞިއްޙި ދާއިރާގައި ބަހަށްޓަން ނުފެންނަކަމީ އެމަނިކުފާނުގެ ދުރުވިސްނުމުން މިޞިއްޙި ދާއިރާވެސް ބޮއްސުން ދުއަވާލުމަށްޓަކައި އަޅުއްވާފައިވާ ވަރަށް ހެޔޮފާލެއްކަމުގައި ނޫނީ ނުވާނެއެވެ. އެމަނިކުފާނަކީ މިހާރު މުސްކުޅިވުމުގެ ސަބަބުން އެމްނީސިއާ ޖެހިވަޑައިގެންފައިވާ ނިއުރޯންގެ މައްސަލަ ހުންނަ ބޭފުޅެއްކަން ވެރިކަމުގެ ދަހިވެތި ކަމުގައި ޤަބޫލުފުޅު ނުކުރެއްވޭ ބޭފުޅެކެވެ. މިއީ ޤަބޫލުފުޅު ނުކުރެއްވިޔަސް ޢުމުރުން ދުވަސް ވުމުގެ ސަބަބުން އިންސާނާގެ ޠަބީޢަތަށް ކުރިމަތިނުވެ ނުދާނެ ޤުދުރަތުން ހަމަޖައްސަވާފައިވާ ކަމެކެވެ. މިކަންކަން ޤަބޫލު ނުކުރެއްވޭނަމަ އެއްކައުވަންތަ ކަމަށް ދަޢްޥާ ކުރުމަކީ ފަހެ ކޮބައިހެއްޔެވެ.
ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލް ބޮއްސުންލައި އެތަނުން ފަރުވާ ހޯދަން އަންނަ ފަރާތްތަކާއި މެދު އެތަނުގެ މުއައްޒަފުންގެ އަޅާލުމާއި އެހީތެރިކަން ކުޑަވެ، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ތަނުން ދެމުންގެންދާ ޚިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާ ކުޑަކޮށް ބޮލާ ލައި ޖަހާގޮތް ވަމުން ދާތާ މިހާރު އެތަކެއް ދުވަސް ވެއްޖެއެވެ. ނަމަވެސް މިކަން ކަން ރަނގަޅުކުރުމުގެ ގޮތުން މި ޢަލީ ނާޞިރަށް ކުރެވުނީ ކޮން ކަމެއްތޯއެވެ. މީނާއަށް ކުރެވޭނީ ފަހެ ކޮން ކަމެއްތޯއެވެ. ބިދޭސީންގެ އަތްމައްޗަށް ހުރިހައި ކަމެއް ދޫކޮށްލައިގެން އެމީހުން ހިތުހުރި ގޮތަކަށް މަސައްކަތުން ރެކެން ބޮލުން ނަށްޓާލުމުގެ ގޮތުން ކިތަންމެ ކުޑަކަމެއްގައި ބަލިމީހަކު ހޮސްޕިޓަލަށް ދިޔަކަމުގައިވިޔަސް މާބޮޑުކަމެއްގެ ގޮތުގައި ދައްކައި ބަލިމިހާއާއި އެހީތެރީން ޕްރެޝަރަށް ދުއްވާލުމުން އެންމެ ފަހުން ބަލިމީހާ ޖެހެނީ ތެޅި ފޮޅިގަނެގެން
އެކި ފަރާތްތަކުގައި ސަލާން ޖަހައި ދަރަނިވެރި ވެގެން މާލެ ދާށެވެ. މާލެ ގޮސް އައި. ޖީ އެމް އެޗްގެ ޑޮކްޓަރުންނަށް ދެއްކުމުން ބުނަނީ އެއްވެސް މައްސަލައެއް ނެތްކަމާއި ތިޔަ ކަމުގައި މާލެ އައުމުގެ ބޭނުމެއްވެސް ނެތްކަމުގައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ދިވެހި މުއައްޒަފުންގެ ދަށުވެގެން (ސެންސަރުކުރެވިފައި) ކުޅެމުން ގެންދާ މި ލައްވީއަކީ އެތަނުގައި ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގައި ހުންނަ މާލިމީ އަކަށް ވުމުގެ އިތުރުން ލަގަން ދޫކޮށްލައްވައިގެން ހުންނަ މަރުމޯލެކެވެ. ޞިއްޙީ ދާއިރާގެ ޓެކްނިކަލް އެއްވެސް މަޢްލޫމާތެއް ލިބިފައި ނުވާތާ ތަޢްލީމީ ގޮތުން އެއްވެސް ބުރަދަނެއް ނެތް މި (ސެންސަރުކުރެވިފައި) ބަލިމީހުންނަށް ޞިއްޙީ މަޢްލޫމާތު ރޯނުބައިކޮށް ދެމުންގެންދިއުމުގެ ސަބަބުން ތަންދޮރު ނޭނގޭ މީހުން އެވަރުގެ މޮޅު މީހަކު ނެތްކަމަށް ދެކިގެން އުޅޭ ބަޔަކުވެސް އުޅެއެވެ. އެކަމަކު ހެޔޮވާނީ ކިހިނެއް ހެއްޔެވެ. ޞިއްޙީ މަޢްލޫމާތު ބަލިމީހުންނަށް ދޭން މީނާ އަކީ ކާކުހެއްޔެވެ. މެޑިކަލް ޓާރމިނޮލޮޖީން ޕީ.އެޗް.ޑީ ހައްދަވައިގެން ހުރި އެންމެ ދަށް މިނުން ދިވެހި ބަހުން މުޢާމަލާތް ކުރަން ނުދަންނަ އަންހެން ވެރީންގެ ޕެޓަރާޅު ފޫދުއްވަމުން ރޭގަނޑުގެ ވަގުތުތަށް ހޭދަކުރާ މި ބޮޑުވަގު މިހާރު ކުރާކަމަކީ ހޮސްޕިޓަލުގެ ބަޖެޓް ޤަޥާޢިދާ ޚިލާފަށް ބަނޑު އަޅަމުން ދިޔުމެވެ.
މިކަމުގެ ވަރަށް ފުރިހަމަ ހެއްކާއި ޤަރީނާ ވަރަށް ފުރިހަމަޔަށް ފެންނަން އަދި ލިބެން އެބަހުއްޓެވެ.
ނަމަވެސް ކެވޭނީ ކާންދީގެންނޭ ބުނާ އުޞޫލުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މިލިއަން މިލިއަނުގެ ބަޖެޓް ޤަޥާޢިދާ ޚިލާފަށް (ސެންސަރުކުރެވިފައި) ބަނޑުއަޅައި ހުސްކޮށްފިއެވެ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.